އާންމު ރައްޔިތުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ދެމެދު ހުރި އިގްތިސާދީ ތަފާތުކުރުންތަކާއި، މަޖިލިސް މެމްބަރުންނަށް ދެވޭ އިތުރު އިނާޔަތްތަކުގެ ސަބަބުން އިންޑޮނޭޝިއާގެ ރައްޔިތުން ހުޅިގަނޑު ފަޅައިގެން ގޮސް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި މުޒާހަރާތައް އެންމެ ފުރަތަމަ ފެށިފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މުސާރަޔާއެކު ބޮޑެތި ހައުސިން އެލެވެންސްތައް ދޭން ފާސްކުރުމާ ގުޅިގެންނެވެ. މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތައް ދެމުންދާއިރު، އާންމު ރައްޔިތުންގެ ގޭގެ ކުލިތަކާއި ދިރިއުޅުމަށް ބޭނުންވާ ހަރަދުތައް އިންތިހާއަށް މަތިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ތަފާތުކުރުންތަކުގެ ސަބަބުން އެގައުމުގެ ރައްޔިތުން އިންތިހާއަށް ރުޅިގަދަވެފައިވާއިރު، އެންމެ ފުރަތަމަ އޮގަސްޓު 25 ވަނަ ދުވަހުމު ޒާހަރާކުރަން ފެށީ އެގައުމުގެ މަޖިލިސް އިދާރާ ކައިރީގައެވެ.
މުޒާހަރާތައް ކުރިއަށްދަނީ ކިޔަވާ ކުދިންނާއި މަސައްކަތްތެރިންނާއި އަދި ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ އިސްނެގުމުގެ މަތީންނެވެ.
މި މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ފުލުހުން ބާރުގެ ބޭނުންކުރަން ފަށައި، ކަރުނަ ގޭހާއި، ފެން ޖަހަން ފެށުމުން މިޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާއަށް ގާ އުކައި މުޒާހަރާތައް ހުއްޓާނުލާނެ ކަމުގެ އިންޒާރު ދީފައެވެ.
މިހާރު މުޒާހަރާތައް ފެށިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަދުވެގެން އިންޑޮނޭޝިއާގެ 38 ސަރަހައްދެއްގައި މި މުޒާހަރާތައް ކުރަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މައްސަލަ ހޫނުވެ ބައެއް ތަންތާގައި ހުޅުރޯކޮށް، މަޖިލިސް މެމްބަރުންގެ ގެތައްވެސް ލޫޓުވަން އެގައުމުގެ ރައްޔިތުން ވަނީ ފަށާފައެވެ. އަދި ސަރުކާރި ޖަވާބުދާރީ ކުރުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އެގައުމުގެ ރައްޔިތުން ކުރަމުންދާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި މުޒާހަރާތަކުގައި މަދުވެގެން 10 މީހުން މަރިވެފައިވާއިރު، މިހާރު މައްސަލަ އިތުރަށް ހޫނުވެފައިވަނީ މުޒާގަރާގައި ބައިވެރިނުވާ ޓެކްސީ ޑްރައިވަރަކު މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވެފައިވަނީ މުޒާހަރާތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ވެހިކަލެއްގައި ޖެހިގެންނެވެ. މިކަމުގެ ސަބަބުން އިތުރު ސަރަހައްދުތަކުގައިވެސް މުޒާހަރާތައް ވަނީ ފެށިފައެވެ.
ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުން އެގައުމުގެ އާންމު ރައްޔިތުން އުޅެން ޖެހެނީ ވަރަށް ހާލުގައެވެ. ރައްޔިތުންގެ ވޯޓާއެކު، ކަންކަން ރަނގަޅު ކުރަން ހޮވާފައި ތިބޭ ފަރާތްތަކުން ހުރިހާ ކަމެއްވެސް ކުރަމުންދަނީ އެބަޔަކަށް މަންފާއަށެވެ. ރައްޔިތުންނާމެދު ވިސްނާލާނެ މެންބަރެއް ނުވެއެވެ. ރައްޔިތުން ފެންނަނީ ހަމައެކަނި ވޯޓު ބޭނުންވީމައެވެ.
އިންޑޮނޭޝިއާގެ ރައްޔިތުން ރަތަށް އަރައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުމައްޗަށް ނިކުމެއްޖެ

ގުޅޭ ލިޔުންތައް
ކޮމެންޓް