ރައީސް ޑރ. މުއިއްޒު, ހޮނިހިރު ދުވަހު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ވަޑައިގެންފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގެންފައި މިވަނީ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށެވެ.
ރައީސް ޑރ މުއިއްޒު ވަޑައިގަތުމާއެކު، އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އިމަޖެންސީ މެނޭޖްމަންޓް ހިޒް އެކްސެލެންސީ ވަންގް ޝިއަންގްޝީ؛ ޗައިނާގައި ހުންނަވާ ރިޕަބްލިކް އޮފް މޯލްޑިވްސްގެ ސަފީރު ހިޒް އެކްސެލެންސީ ޑރ ފަޒީލް ނަޖީބް އާއި ޑރ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ރިޕަބްލިކް އޮފް މޯލްޑިވްސްގައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ އެވެ.
ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސުލްޖުމްހޫރިއްޔާއަށް އޮނަރ ގާޑެއް ދެއްވިއިރު، އޭގެ ފަހުން ވަނީ އެމަނިކުފާނުގެ ރަސްމީ ދަތުރުފުޅުގެ އަގުވަޒަންކޮށް ސަގާފީ ޝޯއެއް ބާއްވާފައެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން އެއަރޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފި

ގުޅޭ ލިޔުންތައް
ކޮމެންޓް