ފިނިއަށި

ރެޕަރު މަންޓާނާ ދުބާއީގެ ޕްރިންސެސް މަހްރާ އަލް މަކްތޫމްއާ އެންގޭޖް ވެއްޖެ

ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމްގެ ދަރިކަނބަލުން ޝެއިޚާ މަހްރާ މުހައްމަދު ރަޝީދު އަލް މަކްތޫމް ރަސްމީކޮށް މޮރޮކޯގެ އެމެރިކާގެ ރެޕަރު ފްރެންޗް މަންޓާނާއާ އެންގޭޖްވެފައިވާ ކަމުގެ އަޑުތައް ގަދަ ވެއްޖެއެވެ. 

ބެލެވޭ ގޮތުގައި މި ދެމަފިރިން އެންގޭޖްވީ ޖޫން މަހު ބޭއްވި ޕެރިސް ފެޝަން ވީކްގައި ކަމަށާއި އެއީ މެދުއިރުމަތީގެ ޝާހީ އާއިލާއާއި ބައިނަލްއަގްވާމީ މިއުޒިކް ސްޓާޑަމްއާ ދެމެދު ފާހަގަކޮށްލެވޭ ގުޅުމެއް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. 

ޕްރިންސެސް އާއި ރެޕަރު ރައްޓެހިވެގެން އުޅޭ ކަމަށް ފުރަތަމަ އަޑު ފެތުރިފައި ވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ޓީއެމްޒެޑް އިން ބުނާ ގޮތުގައި މޮރޮކޯ-އެމެރިކާގެ އެންގޭޖްމެންޓަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ޕެރިސް ފެޝަން ވީކްގަ އެވެ. އޭގެ ކުރިން މިސްކިތްތަކުން ފެށިގެން ލަގްޒަރީ ރެސްޓޯރެންޓްތަކާއި ހަމައަށް އެކި ތަންތަނުން އެދެމީހުން އެކުގައި ގިނައިން ފެންނަމުން ގޮސްފައިވެއެވެ. މި އެންގޭޖްމަންޓް ގެ ވާހަކަ މި ފެންމަތިވީ ޕްރިންސެސް ކުރީގެ ފިރިމީހާއާ ވަރި ފައިނަލް ކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.


ކޮމެންޓް