ކ.ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ ބ. ކުޑަރިކިލު، ފިނިވާގެ، އަހްމަދު ޝިހާމެވެ.
"ލިއޯ" ނަމަކަށް ކިޔާ ދޯނި ބަންޑުން ޖަހާލިިއިރު ހަ މީހަކު ކަނޑުވި އެވެ. އޭގެ ތެރެއިން ޝިހާމް ގެއްލިގެން އެމްއެންޑީއެފުން އައީ ހޯދަމުންނެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާ ފެނުނީ، ހޯދުމުގެ މަސައްކަތަށް ތުލުސްދޫން ނުކުތް މީހުންނަށެވެ. އޭރު އޮތީ މަރުވެފަ އެވެ.
ބަންޑުން ޖަހާލައި ކަނޑުވި އެހެން މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ. ދޯނި ބަންޑުން ޖަހާލީ ފަރަކަށް އަރައިގެން ކަމަށް ވެ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް