ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އެމްޓީޑީ އުވާލަން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ އެވެ.
މީގެކުރިން ވެސް 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީއަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި އެ ޕާޜީން އެ އަދަދަށް މެންބަރުން ހަމަ ވެސް ކުރި އެވެ.
ނަމަވެސް، ކޮމިޝަނުން މިއަދު ވަނީ އެމްޓީޑީ އުވާލަން ނިންމައި، އެކަން ގެޒެޓްކޮށްފަ އެވެ. އަދި އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާ ނަމަ، މި މަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައި، ނިންމަން ވަނީ އަންގައިފަ އެވެ.
އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުރެ އުފެއްދި އެމްޓީޑީ މީގެކުރިން ބައެއް ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް، މި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނެތެވެ.
ކުރީގެ ސަރުކާރުން އަދީބު ޖަލުން މިނިވަންކުރުމުން، މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް