ގައުމީ ދުވަހުގެ ދިދަ ނެގެމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ދިދަ ނެގުމަށް ވެރިރަށް މާލޭގެ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ މައިިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސާއި މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭއާއި ރަށްރަށުގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. ދިދަ ނެގުމަށްފަހު، ހާއްސަ ދުއާއެއްވެސް ވަނީ ކޮށްފައެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މިއަދި ހެނދުނު 10:00 ގައި މި ދުވަސް ނިސްބަތްވެޑައިގަންނަވާ ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައެވެ.
ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ގުޅޭ ލިޔުންތައް
ކޮމެންޓް