ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިޔަސް، ބިރުން ހުވާ ނުކުރާ ކަމަށް ބުނި ފުލުހުންގެ ކޮންސްޓްބިއުލަރީ ފުލުސް މީހާ އަލުން ހައްޔަރުކޮށް، ބަންދު މުއްދަތު އިތުރުކޮށްފި އެވެ.
ވޭޕް ވިއްކާކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރު މުހައްމަދު ސާޖިދު ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލު ފާސްކުރިއިރު މަސްތުވާތަކެތި ފެނުމުންނެވެ.
އޭނާ ދިރިއުޅޭ ތަނުން ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 191.92 ގްރާމްގެ ތަކެތި ވަނީ ފެނިފަ އެވެ. ނަމަވެސް، ބަންދާ މެދު ގޮތެއް ނިންމަން ތިނަދޫ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލި އެވެ.
ކޯޓުން ސާޖިދު ދޫކޮށްލީ، މަސްތުވާތަކެތި ފެނުނު ނަމަވެސް، ބަލައި ފާސްކުރީ ޖިނާއީ މައްސަލައެއްގެ ތުހުމަތެއްގައި ނޫން ކަމަށް ވާތީ އެވެ.
ފުލުހުން ބުނީ ތިނަދޫ ކޯޓުން ސާޖިދު ދޫކޮށްލަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ތިނަދޫ ކޯޓުގެ އަމުރު ބާތިލުކޮށް، އޭނާ ބަންދުކުރަން ފުލުހުން އެދެފި ނަމަ، ދެ ދުވަސް ތެރޭގައި ބަންދާ މެދު ގޮތެއް ކަނޑައަޅަން އަމުރުކޮށްފައިވާތީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ސާޖިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހާޒިރުކުރުމުން ވަނީ 20 ދުވަހަށް ބަންދުކުރުމަށް ތިނަދޫ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ވެސް ވަނީ މިމަހުގެ 21 ގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އީ-ސިނގިރޭޓަކީ ގާނޫނަކުން މަނާކޮށްފައިވާ އެއްޗެއް ކަމަށް ވާއިރު ގާނޫނުގައި މަނާ ކަމެއް ކުރުމުގެ ތުހުމަތު ކުރެވެނީ ހުވާކޮށްގެން ހުރި ފުލުހަކަށް ކަމަށް ދައުލަތުން ކޯޓުގައި ބުނާތީ، އެ ހުވާ ނުކުރާ ކަމަށް ސާޖިދު އޭނާގެ ދިފާއުގައި ބުނެފައިވެ އެވެ.
ރައްދުގައި ދައުލަތުގެ ވަކީލުން ބުނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށެވެ. އަދި ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ ހުވާ ނުކުރާ ކަމަށް ބުނި ސާޖިދު، ސަލާމަތެއް ނުވި އަލުން ހައްޔަރު ކޮށްފި

ގުޅޭ ލިޔުންތައް
ކޮމެންޓް