ބޭރުދުނިޔެ

އިންޑިއާގައި އޮންލައިން ޖުވާ ނުކުޅެވޭ ގޮތް ހަދައިފި

އޮންލައިންކޮށް ޖުވާ ނުކުޅެވޭ ގޮތަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ

އޮންލައިންކޮށް ޖުވާ ކުޅުން މަނާކުރާ ގޮތަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފުޅާ ދާއިރާއެއްގައި ގާނޫނެއް އެކުލަވާލާފައިވާއިރު، ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާގައި އޮންލައިން ޖުވާ ކުޅުމަށް ކުންފުނިތަކުން ކޮންމެ އަހަރަކު 450 މިލިއަން މީހުންގެ އަތުން 2.3 ބިލިއަން ޑޮލަރު ނަގައެވެ.

މި މަނާ ކުރުމުގެ ތެރެއިން އޮންލައިން ޖުވާގެ ތެރޭގައި ހިމެނޭ ކާޑް ގޭމްސް، ޕޯކާ އަދި ފެންޓަސީ ގޭމިން ޕްލެޓްފޯމްތަކަށް ނުވަދެވޭ ގޮތް ވާނެއެވެ. މި ޕްލެޓްފޯމްތަކުގެ ތެރޭގައި އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފެންޓަސީ ކްރިކެޓް އެޕްލިކޭޝަންތައް ހިމެނެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި މި މަނާގެ ސަބަބުން އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ މެއިން ސްޕޮންސަރުގެ މުސްތަގުބަލާ މެދު ވެސް ނުތަނަވަސްކަން އުފެދިފައި ވެއެވެ.

އޮންލައިންކޮށް ގޭމް ކުޅުމުގެ ޕްރޮމޯޝަނާއި ގަވާއިދުގެ ބިލު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ފާސްކުރީ ރޭގެ ވަގުތެއްގައެވެ. މި ބިލްގައިވާގޮތުން އޮންލައިން ގޭމްތައް ހުށަހަޅައި، ޕްރޮމޯޓްކުރުމާއި ފައިނޭންސް ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށްކުރާ މީހުންނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާގެ އެންމެ ބޮޑު ފެންޓަސީ ސްޕޯޓްސް ގޭމިން ޕްލެޓްފޯމް ކަމަށްވާ ޑްރީމް11 ވެބްސައިޓްގައި މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިލު ފާސްވުމާ އެކު "ކޭޝް ގޭމްތަކާއި މުބާރާތްތައް ހުއްޓާލާފައިވާ" ކަމަށާއި ނަމަވެސް ސަޕޯޓަރުން "ތިބުމަށް" ހިތްވަރު ދޭ ކަމަށެވެ.

އެހެން މިފަދަ ގޭމްތައް އިންޑިއާގައި އޮންލައިންކޮށް ކުޅެވޭ ގޮތަށް މިހާރު ލިބެމުން ދަނީ އެ ބިލްް ރައީސް ރަސްމީކޮށް އަދި ތަސްދީގު ނުކުރައްވާތީއެވެ.


ކޮމެންޓް