ހަބަރު

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހައާ ހައްޔަރުކޮށްފިއެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކުރީ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި ރަނިލް ހައްޔަރުކުރީ ރައީސް އަކަށް ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި އަނބިކަނބަލުންނަށް ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފަހުއެވެ.

ލަންކާގެ މީޑިއާތަކުން ބުނީ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފުޅަށް ލަންޑަނަށް ކުރެއްވި ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރެއްގވި ކަމުގެ ތުހުމަތު ރަނިލްގެ މައްޗަށް ކުރެއެވެ.

އަދި މި ދަތުރުފުޅަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށްވެސް މި މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާއި ހަވާލާދީ ލަންކާގެ މީިޑިއާތަކުން ބުނެއެވެ.

ދަތުރު އިންތިޒާމު ކުރުމުގައި ބައިވެރިވި ކަމަށް ބުނެ މި މަހުގެ ކުރީކޮޅު ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާ އާ ވަނީ ސުވާލުކޮށްފައެވެ.

2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ރައީސްކަން ކުރެއްވި ރަނިލްއަކީ ފާއިތުވި އަހަރުތަކުގައި އެ ގައުމުން ހައްޔަރުކި އެންމެ މަތީ ސިޔާސީ ބޭފުޅާއެވެ.


ކޮމެންޓް