އެއްބަސްވީ ގޮތަށް މުސާރަ އާއި ސާވިސް ޗާޖު ނުދޭ ކަމަށް ބުނެ ރެސްޓޯރަންޓެއްގެ ބިދޭސީ ދެ މުވައްޒަފަކު އެތަނުގެ ކޭޝް ކައުންޓަރުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ވައްކަމާއި ހިޔާނާތުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނަކާއި ނޭޕާލުގެ އުމުރުން 31 އަހަރުގެ އަންހެނެކެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
އެ މީހުންގެ ބަދު އަމުރުގައިވާ ގޮތުން ދެ ދުވަހެއްގެ މަތިން 200ރ. ނަގާފައިވާނެ ކަމަށް ދެ މީހުން ވެސް ބުނެފައިވެ އެވެ. އެ މީހުން ބުނީ އެއްބަސްވި ގޮތަށް ވެރިފަރާތުން މުސާރަ ނުދޭ ކަމަށާއި ޕޮކެޓް މަނީ އާއި ސާވިސް ޗާޖު ވެސް ނުދޭ ކަމަށެވެ.
އެ މީހުން ބުނެފައިވާ ގޮތުގައި ބަލިވުމުން ފަރުވާ ވެސް ކޮށްނުދެ އެވެ. އެހެންވެ، ބަންދުން ދޫކޮށްލައި ގައުމަށް ފޮނުވައިދިނުމަށް އެ މީހުން އެދިފައިވެ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް