ހަބަރު

ރައީސް ނަޝީދާ ބައްދަލުކުރަން ފައްޔާޒާއި ޑިމޮކްރެޓު ބޭފުޅުން ގާނާއަށް ގޮސްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރަން އެމްޑީޕީގެ ޓީމެއް އެމަނިކުފާނު ހުންނަވާ ގާނާއަށް ހިގައްޖެއެވެ.

ތިމާވެށީގެ ޖަމިއްޔާއެއް ކަމައްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ.

ނަޝީދާއި ބައްދަލުކުރަން ގާނާއަށް ދިޔަ ޓީމުގައި އެމަނިކުފާނު އެންމެފަހު ގުޅިވަޑައިގެންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ނަޝީދާއި އެކު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް ހެދުމަށް ފަހު އަލުން އެމްޑީޕީއާ ގުޅުނު ހަސަން ލަތީފާއި މުހައްމަދު ޝިފާޒު އަދި އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

މި ޓީމު ރައީސް ނަޝީދާއި އެކު ކެއުމެއްގައި ތިބި ފޮޓޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. 

ނަޝީދާ ބައްދަލުކުރަން ދިޔަ ޓީމު ގާނާގައި ނަގާފައިވާ ފޮޓޯއެއް 

އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ. 

އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ބޮޑެތި ތުހުމުތުތަކެއްވެސް އެމްޑީޕީގެ އިސްވެރިންގެ ބޮލުގައި އެޅުވުމަށްފަހު ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ. 

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވަނިކޮށެވެ .


ކޮމެންޓް