ތުރުކީން ދިވެހިންނަށް ހަދިޔާކުރި ބިޔަ މަނަވަރާއިއެކު މުހްތާޒު މުހްސިނުގެ އުތުރިއެރި، ގައުމީ ޖޯސުން ރައީސަށް ސުކުރު ދަންނަވައިފި އެވެ.
ތުރުކީން ދިވެހި ސިފައިންނަށް ހަދިޔާކުރި މަނަވަރުގެ ފޮޓޯއަކާއިއެކު ފޭސްބުކުގައި މުހްތާޒު ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު މިނިވަން ކަމުގެ އިހްސާސް ކުރެވިއްޖެ ކަމަށާއި ދިވެހި ސިފައިންނަށް ލިބޭ ކޮންމެ ކުރިއެރުމަކަށް ފަހްރުވެރި ވަޑައިގަންނަވާ ކަމަށެވެ.
“ދިވެހި އަސްކަރިއްޔާއަށް ކުރިއެރުމާއި ބާރުވެރިކަން ގެނެސްދޭ ކޮންމެ ކަމަކާއިއެކު އަޅުގަނޑުގެ ހިތުގައި ވަތަނީ ލޯބި އުތުރި އަރައިގެންދެއެވެ. ގައުމީ ލޯތްބެއް ހަށިގަނޑުގައި އޮތްކަން ހަދާންކޮށްދެ އެވެ. މިނިވަން ކަމުގެ އިހްސާސް ގެނުވާ އުފަލުގެ ކަރުނައިން ލޯ ތެއްމާލަ އެވެ.
ފަހުރުވެރިކަމާއިއެކު އަދުގެ ޒައާމަތުގެ ވަލީއުލްއަމްރް ރައީސް ޑރ. މުއިއްޒަށް ސުކުރު ދަންނަވަނީ އެހެންވެ އެވެ.“ ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްކަން ވެސް ކުރައްވާފައިވާ މުހްތާޒު ވިދާޅުވެފައި ވެއެވެ.
ތުރުކީން ދިވެހިންނަށް ހަދިޔާކުރި ބިޔަ މަނަވަރާއިއެކު މުހްތާޒުގެ އުތުރިއެރި، ގައުމީ ޖޯސުން ރައީސަށް ސުކުރު ދަންނަވައިފި

ކޮމެންޓް