ހަބަރު

ސްޓެލްކޯގެ ސަބްސްޓޭޝަންގެ ކޭބަލެއް ބުރިކޮށްލި މައްސަލަ ބަލަން ފަށައިފި

މަލޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލެއް ބުރިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ވަގަށް ގެންދާ މައްސަލަތައް ދޭތެރެއަކުން ފުލުހުންނަށް ހުށަހަޅަ އެވެ.


ކޮމެންޓް