އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ހަތް އަހަރަށްފަހު ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އޮފިޝަލުން ބުނާގޮތުގައި މޯދީ ޗައިނާއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ޗައިނާގައި އޮންނަ ''ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން'' ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިމަހުގެ 31 ވަނަ ދުވަހުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޓިއަންޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ސަމިޓުގައި ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވުމާ ގުޅޭ އިތުރު މައުލޫމާތެއް އަދި އިންޑިއާއިން ހިއްސާކޮށްފައެއް ނުވެއެވެ.
ބޮޑުވަޒީރު މޯދީ އެންމެ ފަހުން ޗައިނާއަށް ވަޑައިގެންފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ އޭޕްރިލް މަހު ވުހާންގައި އޮތް ސަމިޓަކަށްފަހު، ހަމަ އެ އަހަރުގެ ޖޫންމަހު އޮތް ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި ވެސް މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.
މޯދީ ޗައިނާއަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ އިރު، މި ދަނޑިވަޅަކީ އެމެރިިކާއިން އިންޑިއާއަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނެގުމަށް އެމެރިކާއިން ވަނީ ނިންމައިފައެވެ.
އެމެރިކާ އާއި ޓްރަންޕަށް ގޮންޖަހައި މޯދީ ޗައިނާއަށް ވަޑައިގަންނަވަން ނިންމައިފި

ގުޅޭ ލިޔުންތައް
ކޮމެންޓް