ހަބަރު

ހަތަރު މަސް ވެގެންދިޔަ އިރުވެސް ޔުމުނު ބަޔާނެއް ނުދިން: ފުލުހުން

މިދިޔަ އޭޕްރީލް18 ވަނަ ދުވަހު މާލޭ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގަަށް އަދިވެސް އޭނާގެ ބަޔާން ނުނެގޭކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ އެ މައްސަލަ ބަލާ ނިންމާ ރިިޕޯޓް އާއްމުކޮށްފައެވެ. އެ ރިޕޯޓަށްވެސް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ ޔުމްނުގެ ބަޔާން ނަގަން ކުރި މަސައްކަތުން އަދިވެސް ބަޔާން ނުލިބޭކަމަށެވެ. އެހެންނަމަވެސް ޔުމްނުގެ ބަޔާން އަދިވެސް ނުނެގެނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.

ކޮމިޝަނުން ނެރުނު ރިޕޯޓްގައި ބުނީ ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެހެންނަމަވެސް ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީކަމަށްކަމަށް އެ ރިޕޯޓްގައިވެއެވެ.


ކޮމެންޓް