ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ލާމަރުކަޒީބިލަށް އެއްވެސް ބަދަލެއް ނުގެނެސް ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކޮށް ނިންމައިފިއެވެ.
ރޭ ބޭއްވި ލާމަރުކަޒީ ކޮމިޓީން ބިލް ބަޖިލީހުގެ ތަޅުމަށް ފާސްކުރަން ފޮނުވުމަށް ނިންމިއިރު، ބިލް ދިރާސާކުރުމުގެ މަރުހަލާގައި އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފާހަގަކޮށްލެވެއެވެ. ބިލް ފާސްކުރަން ކޮމިޓީ މަރުހަލާގައި ވޯޓުދީފައިވަނީވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނެވެ. ކޮމިޓީން ބިލް ފާސްކުރަން ދެކޮޅުހެއްދެވީ ވ.ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ވަނީ 5 އިސްލާހެއް ގެނައުމަށް ނިންމާފައެވެ. މި ބިލް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމާފައިވާއިރު، މި ޖަލްސާއިން މި ބިލް ފާސްކުރާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހްތަކަށް އިދިކޮޅު އެމްޑީޕީން ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
ނަމަވެސް މި ބިލާގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ލާމަރުކަޒީ ގާނޫނަށް ގެންނަން ނިންމާފައިވާ އެއް ބަދަލަކީ ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ވަކި ޝަރުތުތަކަކަށް ފެއްްތުން ކަމަށެވެ. އެ ގޮތުން 10 މިލިއަނަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭނޭކަމަށް އަލަށް ހުށަހެޅި އިސްލާހްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އިރުޝާދުތަކާއި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ވަޒީފާއަށް ނުނެގޭނެ އެެވެ. ސަރުކާރުން ބުނެފައިވަނީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅެއްކަމަށެވެ.
ކައުންސިލަރުން ތަޖްތިބާ ހޯދަން ބޭންކޮކަށް ނުދެވޭ ގޮތަށް ލާމަރުކަޒީ ބިލް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި

ކޮމެންޓް