މިދިޔަ ހަފްތާ ނިމުނުއިރު މާލޭ ވިޔަފާރި ބަނދަރުން އެންމެގިނައިން ކްލިއަރކޮށްފައިވަނީ ބިހާއި ފިޔާކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ވިޔަފާރި ބަނދަރަށް 1314 ކޮންޓެއިނަރ ބޭލިއިރު އޭގެ ތެރޭގައި އެންމެގިނައިން ހިމެނޭ ބާވަތްތަކަކީ، ބިސް، ފިޔާ، ކަރާ، އަލުވި އަދި ޓޮމާޓޯގެ އިތުރުންވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނެއެވެ.
ޖުލައިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުން ކޮންޓެއިނަރ 2 ބޯޓަކަށާއި، ޖެނެރަލް ކާގޯ 6 ބޯޓަކަށް ވަނީ ހިދުމަތްދީފައެވެ. މި ބޯޓުތަކުން ގެނައި ޮންޓެއިނަރތައް ކްލިއަކޮސްފައިވާއިރު، އެންމެގިނައިން ހިމެނެނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ދިވެހިންގެ ދިރިއުޅުމުގައިވެސް އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ.
މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެގިނައިން ކްލިއަރ ކުރީ ބިސް: އެމްޕީއެލް

ކޮމެންޓް