ހަބަރު

ކުރީގެ ސަރުކާރުތަކުން ލޯނު ދެއްކުމަށް 3.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފި

2025 ވަނަ އަހަރުގެ މިހާތަނަށް ދައުލަތުން ލޯނު އަނބުރާ ދެއްކުމަށް 3,279.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ހާމަކޮށްފިއެވެ.

ޖުލައި 17 އާއި ހަމައަށް ނެރެފައިވާ ފިކްސެލް ރިޕޯޓުން ދައްކާގޮތުން މިއަަހަރު 3.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ (ޕީއެސްއައިޕީ) ދަށުން 4,209.1 މިލިއަން ރުފިޔާގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ފާހަގަކުރެވޭއެއް ކަމަކީ ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ބޮޑު ހޭދައެއްކުރަމުންދާކަމެވެ.


ކޮމެންޓް