ހަބަރު

ދޮށީ ބޭކަނބަލެއްގެ ފޯނު ފޭރިގަތް ޒުވާނެއް ހޯދަން އިއުލާން ކޮށްފި

މަގުމަތިން ދިޔަ ދުވަސްވީ މީހެއްގެ ފޯނު ފޭރިގަނެ ފިލައިފިއެވެ.

މި ކަން ހިނގާފައިވަނީ މިއަދު ހަވީރުއެވެ. ފޯނު ޖަހައިގެންފައިވަނީ ދުވަސްވީ އަންހަނެއްގެ އަތުންނެވެ. 

އެ އަންހެން މީހާގެ އާއިލާއިން ވަނީ އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ. މި ހާދިސާ ހިންގާފައިވަނީ އަލިކިލޭގެފާނު މަގު ކުރީގެ ބާ އިންޖީނުގޭ ކައިރިންނެވެ. 

އެ ވީޑިއޯއިން ފެންނަ ގޮތުން އެ އަންހެން މީހާ އެ މަގުން އާދައިގެ ވަރަކަށް ހިނގާފައި ދިޔައިރު ފަހަތުން މީހަކު އާދެއެވެ. އަދި ވަކި ހިސާބަކަށް ގޮސް ކުއްލިއަކަށް އެ އަންހެން މީހާގެ އަތުގައި އޮތް ފޯނު ފަހަތުން ޖަހައިގަތުމަށްފަހު ދުއްވައިގަނެއެވެ. އެ ވަގުތު އެ މަގުން އެހެން މީހުންވެސް ދާތަން ފެނެއެވެ. އެހެންނަމަވެސް އެކަކުވެސް އަޅައެއް ނުލައެވެ. 

އާއިލާއިން ވީޑިއޯ އާއްމުކުރުމަށްފަހު ވަނީ އެ ވަގު ހޯދާ ދިނުމަށް އެހީތެރިކަމަށް އެދިފައެވ


ކޮމެންޓް