ސްރީ ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް އެއް ބައިވެރިޔާގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ދައުވަތަތަކަށް ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ އަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު ކުރެއްވު ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލަންކާއަކީ ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލަންކާގެ ރައީސް ޑިސަނަޔަކައާ އެކު ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
"މި އިހުލާސްތެރި މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ދެމެދު އަދި މީހުންގެ މެދުގައި އޮންނަ ބަދަހިވެގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑިސަނަޔަކައާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެއާ އެކު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބަންޑާރަނައިކެ އިންޓަނޭޝަލް އިންސްޓިޓިއުޓް އޮފް ޑިޕްލޮމެޓިކް ސްޓަޑީސް އިން ތަމްރީނު ދިނުން ހިމެނެ އެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު ވަނީ ލަންކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ. އެއީ، ރާއްޖެއިން ހާރިޖީ ގުޅުން ގާއމްކުރި ދެވަނަ ގައުމެވެ.

ކޮމެންޓް