ހަބަރު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވަޑައިގެންފި

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވަޑައިގެންފި އެވެ. 

ޖުމްހޫރީ މއިދާނުގއި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަނލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ނައިބު ރައީސާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އިއްޒައްތެރިން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ދިދަ ނެގުމަށްފަހު، ހާއްސަ ދުއާއެއް ކުރުން އޮތެވެ. މި ދުއާ އިސްވެ ކޮށްދެއްވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޝައިޚް އިއްޒުއްދީން އަދުނާނުއެވެ.

މާލޭގެ އިތިރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިދަނެގުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ. ރަށްރަށުގައި މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ އެ ރަށެއްގައި ހުންނަ ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ. ރާއްޖެއިން ބޭރުގައި ހުންނަ ދިވެހި އެމްބަސީތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފައެވެ.

އިނގިރޭސީންގެ ހިމާޔަތުގައި އޮތުމަށް ފަހު ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރެވެ.


ކޮމެންޓް