ހަބަރު

ރައީސް ޑރ. މުއިއްޒު މަރުހަބާ ކިއުމަށް އެއަރޕޯޓަށް ވަޑައިގަތީތީ އުފާކުރަން: މޯދީ

މަރްހަބާ ކިޔުމަށް ރައީސް މުއިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށް އިންޑިއްވާ ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތީ މިއަދު ހެނދުނުއެވެ. ބޮޑުވަޒީރު މޯދީ ރާއްޖެ މި ވަޑައިގަތީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ.

ގާތްގަނޑަކަށް 10 ގަޑިއިރުގެ ދަތުރުފުޅަކަށް ފަހު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އޭގެ އިރުކޮޅެއް ފަހުން ދިވެހި ބަހުން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.

މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން. އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަޤީން. - ބޮޑުވަޒީރު މޯދީ -



މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައީސް މުއިއްޒާއި މޯދީގެ ފޮޓޯފުޅާއި ދިދަ ޖަހައި ވަނީ ޒީނަތްތެރިކޮށްފަ އެވެ. އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފަ އެވެ.

ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް މިދިޔަ އަހަރުގެ ޖޫން މަހު އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފުރަމާނަދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.


ކޮމެންޓް