ޣައްޒާގައި ބަނޑުހައިހޫނުކަމުގައި ތިބި މީހުންނާ ގުޅިގެން ދުނިޔޭގެ ރުޅިވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ފްރާންސުން ގަބޫލުކުރާނެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބުރާސްފަތި ދުވަހު އިއުލާން ކުރެއްވި އެވެ.
މެކްރޮން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ ބައްދަލުވުމުގެ ކުރިން ކަންކަން ނިންމަވާނެ ކަމަށާއި މިހާރު އަވަހަށް ޣައްޒާގެ ހަނގުރާމަ ހުއްޓުވައި އާންމު އާބާދީ ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން ދިން ހަމަލާތަކަށް ފަހު ފްރާންސްގެ ރައީސް އިސްރާއީލަށް ތާއީދު ހުށަހެޅުއްވި އިރު، ގިނައިން ޔަހޫދީންނާ ދެކޮޅު ކަންކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް ޚާއްސަކޮށް ފާއިތުވި މަސްތަކުގައި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ މެދު މާޔޫސްކަން އިތުރުވެފަ އެވެ.
"މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަށް ކުރާ ތާރީހީ ވައުދުތަކަށް ބަލާއިރު، އަޅުގަނޑު ނިންމާފައި މިވަނީ ފަލަސްތީނުގެ ދައުލަތް ފްރާންސުން ގަބޫލުކުރާނެ ކަމަށް،" މެކްރޮން ޕޯސްޓް ކުރި އެވެ. ′′ސުލްހައަކީ ކުރެވޭނެ ކަމެއް.''
އަދި އެ ނިންމުމާ ގުޅޭ ގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް ފޮނުއްވި ސިޓީއެއް ވެސް އޭނާ ވަނީ ޕޯސްޓްކޮށްފަ އެވެ.
ފްރާންސުން ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަނެ ފްރާންސުގެ ރައީސް އެކަން އިއުލާން ކޮށްފި

ގުޅޭ ލިޔުންތައް
ކޮމެންޓް