ފިނިއަށި

އޭސީ ފިނިން ހަންގަނޑު ދޮންވެ އުޖާލާވޭ ތަ!

މިހާރުގެ ޒަމާނުގައި އޭސީއަކީ ގިނަ ބައެއްގެ ދިރިއުޅުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަކިން ޚާއްސަކޮށް ރާއްޖެ ކަހަލަ ހޫނުގަދަ ތަނެއްގައި އޭސީ ނުލާ އުޅެން ދައްޗެވެ. ނަމަވެސް އޭސީގެ ބޭނުން ގިނަ ވަގުތު ކުރުމުގެ ސަބަބުން އިންސާނާގެ ހަންގަނޑަށް ތަފާތު އެކި ގެއްލުންތައް ލިބެމުންދެއެވެ.




އޭސީގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބޭ ސަބަބުތައް

އޭސީގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބެނީ މައިގަނޑު ގޮތެއްގައި އެންމެ ސަބަބަކާ ހުރެއެވެ. އެއީ އޭސީގެ ސަބަބުން ވައި ހިކި، ހަމުގެ ތެތްކަން ގެއްލި، ހަންގަނޑު ކުރަކިވާނެް މެދުވެރިވެ އެވެ. އަދި ގިނަ ވަގުތު އޭސީގައި ހޭދަކުރުމުގެ ސަބަބުން ހަމުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ބޭރުގެ ވެއްޓަށް ހަން ހޭނުވުމުގެ ބާރު ދަށްވެއެވެ. މާ ބޮޑަށް ހަންގަނޑު ކުރަކިވާނަމަ، ހަންގަނޑުގެ ޒުވާންކަން އަވަހަށް ގެއްލޭނެއެވެ. އުމުރުން ދުވަސްވާވަރަކަށް މޮއިސްޗަރައިޒާ ބޭނުންކުރަން ޖެހެނީ ކީއްވެހެއްޔެވެ؟ އެއީ ހަމުގެ ތެތްކަން ހިފަހައްޓަން ނޫންތޯއެވެ؟




އޭސީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތައް

 ހަމުގެ ތެތްކަން ގެއްލުމުގެ ސަބަބުން އެކްޒިމާ ފަދަ ބަލިތަކަށް ހަންގަނޑު ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ. ހަމުގައި ތެތްކަން ނުހުންނަ ނަމަ، ހަންގަނޑު ހިރުވުމުގެ މައްސަލަ ގަދަވާނެއެވެ.




އޭސީގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނެ ގޮތްތައް

އޭސީގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:

- ގަވާއިދުން މޮއިސްޗަރައިޒަރ ބޭނުންކުރުން

- އޭސީގެ ފިނިހޫނުމިން މެދުމިނެއްގައި ބެހެއްޓުން

- ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިން

- ގަވާއިދުން ވައި ދައުރުވާ ގޮތަށް ކުޑަދޮރުތައް ހުޅުވުން

- އޭސީގައި ހޭދަކުރާ ވަގުތު މަދުކުރުން

އޭސީގެ ބޭނުން ކުރަންޖެހޭ ޙާލަތްތަކުގައި ބޭނުންކުރިނަމަވެސް، އޭގެ ސަބަބުން ހަމަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ، އެކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކޮމެންޓް