ހަބަރު

ކޭ-ޕާކް ގަރާރު މަޖިލީހުން ބަލައިގަނެފި

ކޭ-ޕާކް ރެސިޑެންސީ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގަނެފިއެވެ.

މި ގަރާރު އަންގާރަ ދުވަހު ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ ތާއީދާ އެކުގައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ގަރާރަށް ބަހުސްކުރައްވަމުން، ކޭޕާކު ފަދަ މަޝްރޫޢުތައް މޮނިޓަކޮށް ފާރަވެރިވާނެ ނިޒާމެއް ނެތްކަމަށް ވިދާޅުވިއެވެ. މި ފަދަ މައްސަލަތަކަށް ހައްލު ނުހޯދޭތީ ކުޑޫ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެޗްޑީސީ ފަދަ ދައުލަތުގެ ބާރު ލިބިފައިވާ، ވަސީލަތްތައް ތަނަވަސް މުއައްސަސާއަކުން މި މައްސަލައިން އަސަރުކޮށްފައިވާ ފަރާތްތަކަށް އަސާސީ އިންސާފު ނުވަތަ ލުޔެއްވެސް ހޯދައި ނުދީ އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކޭ-ޕާކް ރެސިޑެންސީ މަޝްރޫއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ޕެޓިޝަނެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.


ކޮމެންޓް