އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ ސައީދު އަބްދު ﷲ ވިނަރެސް / ހއ.ތުރާކުނު އަވަހާރަވެއްޖެއެވެ.
ސައީދުގެ ބައްޕަ ސައީދު އަބްދު ﷲ އަކީ 20 އަހަރަށްވުރެ ގިނަދުވަހު ސަރުާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުކެވެ. އެގޮތުން ތުރާކުނު ކަތީބުކަން ގިނަ ދުވަހެއް ވަންދެން ވަނީ އަދާކުރައްވާފައެވެ.
ސައީދު އަބްދުالله އަވަހާރަވީ، ރޭގެ ވަގުތެއްގައެވެ. އަވަހަރަވީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ސައީދުގެ ބައްޕަ އަވަހާރަވަމުން ރައީސް ޑރ. މުިއއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.