ހަބަރު

މޫސުން ވަރަށް ގޯސް، 50 މޭލަށް ވައިގަދަ، ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަަކަށް މިއަދު ވަރަށް މޫސުން ގޯސް،ވެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅުގެ ނިޔަލަށެވެ. އެ އެލާޓްގައި ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ، އދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ. 

މެޓް އޮފީހުން ބުނީ އަންނަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެ ސަރަައްދަށް ވަރަށް މޫސުން ގޯސްކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ.  

ވައިގަދަވާއިރު ވިލާ ގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ކަނޑުތަކުގެ އިތުރުން ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑު އިތުރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.


ކޮމެންޓް