ހަބަރު

ކަސްޓަމްސްގެ 135ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ކަސްޓަމްސްގެ 135ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ' އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ކަސްޓަމްސްގެ 135 ވަނަ އަހަރީ އުފަލުގައި ބައިވެރިވެވަޑައިގެން، އެ މުއައްސަސާގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

135 ވަނަ އަހަރީ އުފަލުގައި ބައިވެރިވެ، ކަސްޓަމްސްގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. ޤައުމީ ޚިދުމަތުގައި ކަސްޓަމްސަށް އަބަދުވެސް އަޅުގަނޑު އެދެނީ ކުރިއެރުމާއި ކާމިޔާބީ.

ކަސްޓަމްސްއަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާއެވެ. 18 ޖުލައި 1890 ވަނަ ދުވަހު ކަސްޓަމްސްގެ ހިދުމަތް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ބަންޑާރަ ފިހާރައިގެ ނަމުގައެވެ.

އެހެންވެ ކޮންމެ އަހަރެއްގެވެސް 18 ޖުލައި ފާހަގަކުރަނީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ ގޮތުގައެވެ. މިއަދު ފާހަގަކުރަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 135ވަނަ އަހަރީ ދުވަހެވެ. ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބަދަލުވެގެންދިޔައީ 11 މެއި 2011 ގައި ތަސްދީގުކުރި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ.


ކޮމެންޓް