ރައީސް ޑރ. މުއިއްޒާއި އިގިރޭސި ފޮރިންގ މިނިސްޓަރ ޑޭވިޑް ލަމީ ބައްދަލު ކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް ޑޭވިޑް ލަމީ އެކު ބޭއްވުނު ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މަސްވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް އެޑެޕްޓޭޝަން އާއި އިއާދަކުރަނިވި ހަކަތަ ފުޅާކުރުމާއި ތައުލީމާއި ސްކޮލަޝިޕްގެ ފުރުސަތުތައް ކުރިއެރުވުމަށް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެެވެ. އަދި މުހިންމު ދާއިރާތަކުގެ ތެރެއިން އެއްބާރުލުން ދިނުމަށް އާ މަގުތަކެއް ވެސް ދެ ފަރާތުން މަސްވަރާކޮށްފައިވެ އެވެ.
މޯލްޑިވްސް އާއި އިނގިރޭސިވިލާތާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ ޖުލައި 26، 1965 ގައެވެ.
ރައީސް ޑރ. މުއިއްޒާއި އިގިރޭސި ފޮރިންގ މިނިސްޓަރ ޑޭވިޑް ލަމީ ބައްދަލު ކުރައްވައިފި

ކޮމެންޓް