ހަބަރު

ސިޔާސީ މަގާމްގެ އަދަދަކީ އެންމެ 922: ރައީސް އޮފީސް

މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އެންމެފަހުން އާންމުކޮށް، އެ މަގާމުތަކުގައި ތިބީ 922 މީހުން ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.


ސިޔާސީ މަގާމުތަކުގެ އަދަދު ހާމަ ނުކުރާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުން މިރޭ ބުނީ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިބީ 922 މުވައްޒަފުން ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

 

ސިޔާސީ މަގާމުތަކުގެ ތަފްސީލުތައް

– މިނިސްޓަރުންގެ ގޮތުގައި 20 ބޭފުޅުން

– މިނިސްޓަރުންގެ ފެންވަރުގައި 14 ބޭފުޅުން

– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން

– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ހަތް ބޭފުޅުން

– ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން

– ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން

– ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން

– ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި އަށް ބޭފުޅުން

– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން

– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން

– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން

– އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން

 

ރައީސް އޮފީހުން ބުނީ ސިޔާސީ މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދެއްވުން އަދި އަލަށް ބޭފުޅުން އައްޔަން ކުރައްވާތީ ޖުމްލަ އަދަދަށް އަބަދުވެސް ބަދަލު އަންނާނެ ކަމަށެވެ.


ކޮމެންޓް