ހަބަރު

މާލޭގެ މަގެއްގެ މަތީގައި ކަނޑި ހިފައިގެން އުޅުނު ދެ ބޭފުޅުން ހައްޔަރުކޮށްފި

މާލޭގެ މަގެއްގެ މަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނަކާއި އައްޑޫ މީދޫއަށް ނިސްބަތްވާ 21 އަހަރުގެ ފިރިހެނެކެވެ.

މި ދެމީހުން ހައްޔަރުކުރީ އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައެވެ.

ކްރިމިނަލް ކޯޓުގައިވާ އެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުން އެ މީހުން އަތުން ކަނޑިއާއި ވަޅިއާއި އޮޕަރޭޝަން ކުރާން ބޭނުންކުރާ ޒާތު ވަޅިއެއް ވަނީ ފެނިފައެވެ. ފުލުހުން ފެނުމުން އެ މީހުން އަތުގައި ވަޅި ބިންމައްޗަށް ވައްޓާލިކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

އެ ތަނުން 21 އަހަރުގެ މީހާ ކޯޓުގައި ބުނީ އެ ކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި އެތަނުގައި މަޑުކޮށްގެން ހުރީ ސާޖިކަލް ނައިފް ކަނޑާންދެން އަލިކޮށްދޭން ބުނުމުން ކަމަށެވެ.

މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

އެ ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.


ކޮމެންޓް