ހަބަރު

ފުލުހުންގެ ހުއްދައާ ނުލައި މާޅޮހުން މީހުން ފުރުން މަނާކޮށްފި

އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު މަރާލުމާއި ގުޅިގެން އެރަށުން މީހުން ފުރުން ފުލުހުން މަނާ ކޮށްފިއެވެ.

މަރާލާފައި ވަނީ އެރަށު އޯކިޑް މާގެ އަބްދުއް ރަހުމާން 65އ. އެވެ. އޭނާ މަރާލާފައި ވަނީ ނިދާފައި އޮއްވާ ރޭ ދަންވަރެވެ.

އެރަށު ކައުންސިލް ނައިބް ރައީސް ފަޒީލް އަހްމަދު ވިދާޅުވީ، ފުލުހުންގެ ހުއްދައާ ނުލާ ރަށުން ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް ޝައްކު ކުރެވޭ މީހަކު އަދި ނެތެވެ. އަދި މިހާރު އއ. ހިމަންދޫ، މަހިބަދޫ އަދި އެރަށު ފުލުހުންވެސް މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލަކު ވަނި މި ހާދިސާއާ ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން މޮނީޓަރު ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރަށު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެެއް ދިއުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، މި މައްސަަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އަދި މި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެރަށަށް ދިއުމަށް ދަނީ ދަތުރު ކުރަމުން،". އޮފިޝަލް ވިދާޅުވިއެވެ.


ކޮމެންޓް