އއ. މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް، 65 އެވެ.
ފުލުހުން ބުނީ، އެ މީހާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް ކަމަށެވެ. މަރުވީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.
”މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެ ރަށަށް ދިނުމަށް ދަތުރު ކުރަމުން،“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް