މާލޭ ސަލްމާން މިސްކިތުގައި ހެދި ލައިބްރަރީ "އިސްލާމީ ކުތުބުހާނާ" މިރޭ ހުޅުވައިފި އެވެ.
މި ކުތުބުހާނާ ނުވަތަ ލައިބުރަރީ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.
އެ ލައިބްރަރީ ހުންނަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފުލޯގަ އެވެ.
ހިތްފަސޭހަ ގޮތަކަށް އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ކުތުބުހާނާގައި 15،000 އަށް ވުރެ ގިނަ ފޮތް މިހާރު ވެސް ވަނީ ބަހައްޓާފަ އެވެ.
މި ކުތުބުހާނާ ހުޅުވާފައި ވަނީ ދިވެހި ލައިބްރަރީ ދުވަހާ ދިމާކޮށެވެ. އިސްލާމީ މަރުކަޒުތަކުގައި ކުތުބުހާނާތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް