ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ވަނީ ސިންގަޕޫރުގެ މަޝްހޫރު ހޯމް ޓީމް އެކަޑަމީގައި ސީނިއަރ އޮފިސަރ ބޭސިކް ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ގްރެޖުއޭޝަން ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މުހްތާޒް މުހްސިނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަނަރ އޮފް ޕޮލިސް ސިންގަޕޫރު ޕޮލިސް ފޯސްގެ ކޮމިޝަނަރ އޮފް ޕޮލިސްއާވެސްވަނީ ބައްދަލުކުރައްވާފައިވެއެވެ.
އަދި ކުރިއަށް އޮތްތަނުގައި އެއްބާރުލުން ހަރުދަނާކުރެވޭނެ ގޮތްތައް ހޯދައި، އޮފިސަރުންގެ ޤާބިލުކަން އިތުރަށް އިތުރުކުރުމަށްޓަކައި އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުޞަތުތަކާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް