ގޭސްފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ގޭސްފުޅިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އައްޑު އަތޮޅަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި ވައްކަމާއި އަދި އެ ނޫންވެސް މައްސަލަތަކުގައި މީގެ ކުރިން 50 އަށްވުރެ ގިނަ ފަހަރު އޭނާ ހައްޔަރުކޮށްފައިވެއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ފުޑްކޯޓް ސަރަހައްދުން ގޭސްފުޅިއެއް ވަގަށް ނަގައިގެން ދަނިކޮށްކަންވަނީ އެނގިފައެވެ.
މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން، ހުކުރު ދުވަހުވަނީ 15 ދުވަސް ޖަހާފައެވެ.
50 ވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ އައްޑޫ މީހެއް ގޭސްފުޅިއެއް ވަގަށް ނަނގައިގެން ހައްޔަރު ކޮށްފި

ކޮމެންޓް