ޔޫރަޕް ނުވަތަ ޔޫކޭއިން މިފްކޯ އަދި އެނޫންވެސް އެހެން އެކްޓިވް މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މީޑިއާއެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާއި ގުޅިގެން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އީޔޫއިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނ މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ކަމަށެެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ ހަފްތާގައިވެސް ޔޫކޭގެ މޭޖަރ ބަޔަރެއް މިފްކޯއާއއިއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަަކަށް ރާއްޖެ އަންނަ ކަމަށެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު ކަމަށެވެ. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ވާއިރު އެފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަގީގަތާއި ހިލާފު މައުލޫމާތު ފެތުުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއް ކަމަށެވެ.
އެ ނޫހުން ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ އެ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫރަަޕުންނާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެެގެން ކަަމަށެވެ. މީގެއިތުރަށް އެއްވެސް މައުލޫމާތެއް އެ ނޫހުން ޝާއިއުކޮށްފައެއް ނުވެއެވެ.
އީޔޫއިން މިފްކޯ ބްލެކްލިސްޓުކުރި ކަމަށް ބުނެ ފަތުރަނީ ބުހުތާން ދޮގެއް: ޝިޔާމް

ކޮމެންޓް