ހަބަރު

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކޮށް، މިއަހަރު 628.2 މިލިއަންގެ ފައިދާ ދައްކައިފި

ސަރުކާރުން ހަރަދުތައް ކުޑަކުރުމާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ޖޫން 26 ގެ ނިޔަލަށް ބަޖެޓުން 628.2 މިލިއަން ރުފިޔާގެ ގެ ފައިދާ ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި 4.88 ބިލިއަން ރުފިޔާގެ ގެ ޑެފިސިޓެއް ގައި އޮތުމުން މިއަހަރު، ލިބޭ ބޮޑު ކުރިއެރުމެކެވެ. 

ދައުލަތަށް މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއާއި ހިލޭ އެހީ 18.58 ބިލިއަނަށް ރުފިޔާއަސް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 16.95 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީން ލިބުނު 8.31 ބިލިއަން ރުފިޔާށެވެ. މީގެ އިތުރުން ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2.35 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަނެއްކޮޅުން، ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައިވަނީ 17.95 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 21.83 ބިލިއަނާ ރުފިޔާއާއި އަޅާބަލާއިރު މިއީ ބޮޑު ތަނުން ބަޖެޓުން ސަލާމަތްކުރެވިފައިވާ ފައިސާއެކެވެ. މިހާތަނަށް ބަޖެތުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށްވާއިރު، އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ 1.83 ބިލިއަން ރުފިޔާވެ. ދެ ވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ކަމަށްވާއިރު އެ އޭޖެންސީން ހަރަދުކޮށްފައިވަނީ 1.54 ބިލިއަން ރުފިޔާވެ.


ކޮމެންޓް