އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕަށާއި އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓުގައި އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އަށާއި އެގައުމުގެ ރައްޔިތުންނަށް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އެ ގައުމަށް މިނިވަންކަމާއި ކުރިއެރުމަށް ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ.
މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ.
އެމެރިކާގެ މިނިވަން ދުވަހުގެ ގޮތުގައި ޖުލައިމަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ 1776 ވަނަ އަހަރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމަށްފަހު ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުއާޚަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.
މިއަހަރަކީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހެވެ.

ކޮމެންޓް