ތ. ވިލުފުށީގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވެގެން އިތުރު ފަރުވާއަށް މާލެ ގެނައި މީހާ އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއްޖެއެވެ.
ވިލުފުށީގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތެޔޮ އުފުލާ ބޯޓެއްގައެވެ. އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދޯނީގެ ވެރިފަރާތާއި ބިދޭސީ މީހެކެވެ.
މި ހާދިސާގައި ދޯނީގެ ވެރިފަރާތުގެ ހަށިގަނޑުގެ ގާތްގަނޑަކަށް 50 އިންސައްތަ ވަނީ ފިހިފައެވެ. ނަމަވެސް ބިދޭސީ މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުލިބޭ ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާއި ގުޅިގެން އިތުރު ފަރުވާއަށް މާލެއަށް ގެންގޮސްފައިވަނީ ބޯޓުގެ ވެރިފަރާތެވެ.

ކޮމެންޓް