ހަބަރު

ވިލުފުށީގައި ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.


އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައި ކަމަށެވެ.

ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށް ކައުންސިލުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އެ ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ރަށު ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

"ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސީމަ ރޯވީ ކަމަށް އަޑުއިވުނީ." އެ މެމްބަރު ވިދާޅުވި އެވެ.

ކުރިން ވެސް އެ މީހާގެ ތެޔޮ ދޯންޏެއްގައި ރޯވެ ގެއްލުން ވެފައިވެ އެވެ.


ކޮމެންޓް