ހަބަރު

ލާމުގައި ބަންކަރިން ފަށަން އިންވެސްޓްކުރަން ސިންގަޕޫރުގައި ހުޅުވާލައިފި

ލ. އަތޮޅުގައި ބަނދަރަކާއެކުގައި ބަންކަރިން ހިދުމަތް ފަށަން ނިންމާ އެ މަޝްރޫއަށް އިންވެސްޓްކުރަން ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ލ އަތޮޅުގައި ބަންކަރިން ފަށަން ސަރުކާރުން އިއުލާންކޮށް މިކަމަށް އިންވެސްޓަރުން ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަފޫރަށް ކުރައްވާ ދަތުރުގައި އެ ގައުމުގައި މިހާރު ކުރިޔަށްދާ ބިޒަނަސް ފޯރަމްގައެވެ. 

މި މަޝްރޫއުގެ ދަށުން ލ.އަތޮޅުގައި ބަންކަރިން ހިދުމަތް ދިނުމާއި ބަނދަރާ ގުޅޭ އިންފްރާސްޓްރަކްޗާ ގާއިމުކުރުުމާއި ސްޓޯރޭޖް ފެސިލިޓީ އަދި ސަޕޯޓް އިންފްރާސްޓްރަކްޗާ ގާއިމުކުރުން ހިމެނެއެވެ. މި މަޝްރޫއާއި ބެހޭ ތަފްސީލުތަކެއް ސަރުކާރުން އަދި ހާމައެއް ނުކުރެެއެވެ. އަދި މި މަޝްރޫއު ހިންގަނީ ކޮން ރަށެއްގައިކަމެެއްވެސް އަދި ސަރުކާރުން ހާމައެއް ނުކުރެެއެވެ. 

މިސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާފައެވެ. އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިން ހިދުމަތުން މިހާތަނަށް އާމްދަނީގެ ގޮތުގައި 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. 


ކޮމެންޓް