ވިޔަފާރިތަކުން ބީއެމްއެލް މެދުވެރިކޮށް ހިންގާ އިންޓަނޭޝަނަލް ޓްރާންސްފާ ނުވަތަ ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް 30 ފަސެންޓު ޑޮލަރު ސަޕޯޓު ދޭން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ، އެ ބަދަލާ އެކު ވިޔަފާރިތަކުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ހޯދަންޖެހުމުގެ މައްސަލައަށް ލުއިތަކެއް ލިބޭނެ ކަމަށެވެ.
މީގެ ކުރިން ވެސް ބީއެމްއެލް އިން ބޮޑެތި ވިޔަފާރިތަކުގެ ޓީޓީގެ މުއާމަލާތްތަކަށް ވަކި އަދަދުތަކެއް ޑޮލަރުން ދޭން ކަނޑައަޅާފައިވެ އެވެ. އަލަށް ގެނައި ބަދަލާ އެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ޓީޓީގެ މުއާމަލާތްތައް ހިންގުމަށް ބޭނުންވާ ޑޮލަރުގެ 30 ޕަސެންޓު ބޭންކުން ފޯރުކޮށްދޭނެ އެވެ.
މީގެ ކުރިން އެފަދަ ވިޔަފާރިތަކަށް ދޫކުރަނީ ޓީޓީގެ މުއަމާލާތްތަކަށް ބޭނުންވާ 5-10 ޕަސެންޓަށްވާ އަދަދުގެ ޑޮލަރެވެ.
ބީއެމްއެލްގެ ޓީޓީ ހިދުމަތަށް އިންޓަނެޓް ބޭންކް މެދުވެރިކޮށް އެދެވޭނެ އެވެ. ބޭރުގެ ވިޔަފާރިތަކާ އެކު މުއާމަލާތްތަތައް ހިންގުމަށް ގިނަ ވިޔަފާރިތަކުން ޓީޓީގެ ހިދުމަތް ބޭނުން ކުރެ އެވެ.
ބީއެމްއެލް އިން ވިޔަފާރިތަކަށް ޓީޓީގެ މުއާމަލާތްތަކުގައި ދޭ ޑޮލަރުގެ އަދަދު އިތުރު ކުރި އިރު ބީއެމްއެލް ޑެބިޓް ކާޑުތަކުގެ ލިމިޓު ވަނީ މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމައިފަ އެވެ.
ބީއެމްއެލުން ޓީޓީ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ޑޮލަރު ދޭން ނިންމައިފި

ކޮމެންޓް