ރައީސުލްޖުމްހޫރިއްޔާ ތަރުމާން ޝަންމުގަރަތުނަމްގެ ދައުވަތަކަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 30 ޖޫން އިން 2 ޖުލައި 2025 އަށް ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާނެކަން އެގައުމުން އިއުލާން ކޮށްފި އެވެ.
މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ދައުލަތުގެ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިއަހަރު ސިންގަޕޫރާއި މޯލްޑިވްސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ދަތުރުފުޅެކެވެ.
ރައީސް ޑރ. މުއިއްޒު 30 ޖޫން 2025 ގައި ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމުގައި ރައީސް ތަރުމާން ޝަންމުގަރަތުނަމްއާ ބައްދަލު ކުރައްވާނެ އެވެ. ރައީސް ތަރުމަން އާއި މެޑަމް ޖޭން އިއްޓޯގީ ޝަންމުގަރަތުނަމްގެ ފަރާތުން ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ޝަރަފުގައި ދައުލަތުގެ ޖާފަތެއް ބާއްވާނެ އެވެ. ދެ ލީޑަރުން ވެސް ދައުލަތުގެ ޖާފަތުގައި ހަނދާނީ ސްޓޭމްޕެއް ދައްކާލާނެ އެވެ.
ރައީސް ޑރ. މުއިއްޒު ބޮޑުވަޒީރާއި ފިނޭންސް މިނިސްޓަރު ލޯރެންސް ވޮންގް އާއި ވެސް ބައްދަލު ކުރައްވާއިރު، އޭގެ ފަހުން ކެޕޭސިޓީ ބިލްޑިންގ، ސަސްޓެއިނަބިލިޓީ އަދި އެންވަޔަރަންމަންޓްގެ އިތުރުން ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އަދި ޓްރޭނިންއާ ބެހޭ އެމްއޯޔޫތަކުގައި ސޮއިކުރާނެ އެވެ. ރައީސް ޑރ. މުއިއްޒު އިންވެސްޓް މޯލްޑިވްސް އިން އިންތިޒާމްކުރާ ހައި ލެވެލް އިންވެސްޓްމަންޓް ފޯރަމެއްގައި ބައިވެރިވެ، ބަނދަރު މެނޭޖްމަންޓާއި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އަދި ޓްރޭނިން، އާބަން ޕްލޭނިން އަދި ހައުސިން ޑިވެލޮޕްމަންޓްގެ ދާއިރާއިން ސިންގަޕޫރުގެ ތަޖުރިބާތައް ދެނެގަތުމަށް ޓޫއާސް ޕޯޓް، އައިޓީއީ ސެންޓްރަލް، އަދި ޔޫއާރުއޭ ގެލެރީއަށް ޒިޔާރަތް ކުރައްވާނެ އެވެ. ރައީސް ޑރ. މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ ގައުމީ އޯކިޑް ގާޑަން އަށް ވެސް ޒިޔާރަތް ކުރައްވާއިރު، އެ ބަގީޗާގެ ޝަރަފުގައި އާ އޯކިޑް ހައިބްރިޑް އެއް ކަމަށްވާ ވަންޑާ ޑރ. މުހައްމަދު މުއިއްޒު ސާޖިދާ މުހައްމަދުގެ ނަން ކިޔާނެ އެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި ހިމެނޭ ވަފުދެއް ކަމަށްވާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ އަބްދުالله ޚަލީލާއި މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދު ހިމެނޭނެއެވެ. އަދި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމާއި މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް އާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަޙްމަދާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުالله މުތުތަލިބުގެ އިތުރުން ސަރުކާރުގެ އެހެން އޮފިޝަލުން ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް