ހަބަރު

އެމްޓީސީސީގެ މަހާޖައްރާފަށް 30،960 ރުފިޔާގެ މުސާރައަކަށް ކައްކާއެއް ހޯދަން އިއުލާނު ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މަހާޖައްރާފުގައި ކައްކާ އެއްގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެއްސަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ހޯދުމަށް އިޢުލާން ކޮށްފައިވާ މި ވަޒީފާގެ މުސާރައެއްގެ ގޮތުގައި 30،960 ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން އެ މީހަކަށް މެޑިކަލް އިންޝިއުރެންސްވެސް ލިބޭނެ ކަމަށް އިޢުލާންގައި ވަނީ ބުނެފައެވެ.




މަޤާމުގެ ޝަރުތުތައް:

މަދުވެގެން މި މަޤާމުގައި 02 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން 




އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ކައްކާ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް STCW  މެނީލާ 2010 ގެ މިންގަޑަށް ފުރިހަމަކޮށްފައިވުން

މި މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް (https://mtcc.mv/careers/) މެދުވެރިކޮށް 2025 ޖުލައި 1 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

މަހާޖައްރާފް ބަނުމަށް 36 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.


ކޮމެންޓް