ﷲ އަށް ބިރުވެތިވެ، އެކަލާނގެއަށް ޖަވާބުދާރީ ވާން ޖެހޭނެ ދުވަހެއް އަންނާނެ ކަން ދަނެ، އެކަލާނގެއަށް ތަގްވާވެރިވުމަށް މިއަދުގެ ހުކުރު ހިތުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ، އަޝޫރާ ދުވަހުގެ މާތް ކަމުގެ މައްޗަށެވެ. ހުތުބާގައި ވިދާޅުވީ، އަޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރުތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާން ސަލާމަތް ކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު މާތްﷲ ގަރަގު ކުރެއްވި ދުވަސް ކަމަށެވެ.
"މިފަދަ ހާދިސާތަކުގައި، ގިނަގުނަ އިބުރަތްތަކާއި ދަރުސްތައްވޭ، މީގެ އެންމެ މުހިންމު ފިލާވަޅަކީ މާތްﷲ އެކަލާނގެ ނަބިއްޔުންނާއި، އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުސީބާތްތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި އީމާންކަން ހަރުދަނާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު" ހުތުބާގައި ވިދާޅުވެފައިވެއެވެ.
ހުތުބާގައި ވިދާޅުވީ، ފިރުއައުނު ގަރަގު ކުރެއްވި ހާދިސާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތި ކުރައްވާނެ ކަމެވެ.
"އެ މީހުންނަށް އެކަމުގައި ކާމިޔާބެއް ނުލިބޭނެ، އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވަން ޖެހޭނެ، ހަމައެހެންމެ މާތްﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި، ޝަރަފާއި، ގަދަރު ދެއްވާނެ" ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެ ދުވަހާއި އެޜޭ "އާޝޫރާ ދުއާ" ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅިކަންތަކެއް ކުރާކަށް ދީނުގައި ޝަރުތުކުރައްވާފައި ނުވާ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.
"މުހައްރަމް މަހަކީ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ މަހެއް، ރަމަޟާން މަހަށްފަހު ރީދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމް މަސް" ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް