ހަބަރު

ޕީއެންސީން އަތޮޅުތަކުގައި ހަރަކާތްތަކެއް ފަށައިފި

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހަރަކާތްތައް އަތޮޅުތަކުގައި އިތުރުކުރުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.


އެގޮތުން އެ ޕާޓީގެ ޓީމްުތަކެއް މިހާރު ރ. އަތޮޅާއި ނ. އަތޮޅުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޕީއެންސީން ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށް ކުރައްވާ މި ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.

ލޯކަލް ކައުންސިލު އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ މާޗު މަހު އެވެ.


ކޮމެންޓް