ހަބަރު

ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރުމުން ފުލުހެއްގެ ގައިގައި ދަތްއެޅި އަންހެނަކު ހައްޔަރުކޮށް, 15 ދުވަހަށް ބަންދުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ވ. ހަފޮޅު, ފާތިމަތު, 44 އެވެ.

ފުލުހުން ބުނީ އޭނާ އެ ވަގުތު ޑިއުޓީގައި ހުރި އަންހެން ފުލުހެއްގެ ގައިގައި ދަތްއެޅި މައްސަލައާ ގުޅިގެން ހައްްޔަރުކޮށްފައިވާ ކަަމަށެވެ.

އޭނާގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


ކޮމެންޓް