ހަބަރު

އެ ރޭ ޔުމުނު ދެ ފިރިހެނުންގެ އިތުރުން އަންހެނަކާއި އެކު ވެސް ބަދުއަހްލާގީ އަމަލް ހިންގި: ކޮމިޝަން ރިޕޯޓް

މަސްތުގެ ހާލަތުގައި ނުވަވަނަ ބުރިން ވެއްޓުނު ކަމަށް ބެލެވޭ ހައްވާ ޔުމްނު، އަންހެނަކާއި ގައިގޯޅިވެ ގުޅުން ހިންގާފައިވާ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.


ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޔުމްނު ފުންމާލި ގެއަށް ދިޔުމުގެ ކުރިން މާންދޫދެކުނުގެއިން ބޮއެގެން އެގޭ ސިޑި ގޮޅީގައި ޔައްސާރާއެކު ޖިންސީ ގުޅުން ހިންގުމަށް ފަހު އިތުރަށް ޖިންސީ ގުޅުން ހިންގުމަށްޓަކައި ދިޔައީ ޔައްސާރު ދިރިއުޅޭ ހ. ކަށިވެލި ކިޔާ ގެއަކަށެވެ. އެގޭގެ އެޕާޓްމެންޓްގައި ޔައްސާރާއިއެކު ޖިންސީ ގުޅުން ހިންގުމަށް ފަހު ރޯ އޮރިޔާމުން ބޭރަށް ނިކުމެ އެގޭގެ ތިންވަނަ ބުރީގެ ސިޑި ގޮޅީގައި ޔުމްނު އޮރިޔާމުން ހުރެ އެހެން އަންހެނެއްގެ ގައިގައި އޮޅުލާ ލޯބި ކުރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ ރިޔާސީ ކޮމިޝަނަށް ލިބިފައި ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކަށިވެލިގޭގައި އަންހެނަކާ މަންޖޯޅު ޖެހުމުގެ ކުރިން ރައްދެބައި މަގުގައި ކުރިން ދެންނެވި ޔައްސާރު ނަމަކަށް ކިޔާ ފިރިހެން މީހާ ޔުމްނު ބަދުއަހްލާގީ އަމަލް ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ. ރައުދުއަކީ ޔުމްނު އެރޭ ޖިންސީ ގުޅުން ހިންގި ތިންވަނަ މީހާއެވެ. ރައުދުއާ އެކު ބަދުއަހްލާގީ އަމަލް ހިންގުމުގެ ކުރިން ޖުނައިނާ ކިޔާ އަންހެނަކާ ކުރިން ދެންނެވި ޔައްސާރާއެކު ޔުމްނު ވަނީ އެރޭ ބަދުއަހްލާގީ އަމަލް ހިންގާފަ އެވެ. ރިޕޯޓުގައިވާ ގޮތުން މި ހުރިހާ ގަނޑެއް ގަތީވެސް ރަނގަޅަށް ބޯލައިގެން ހުރެ، މަސްތުގެ ހާލުގައެވެ.

ތިން މީހުންނާ އެކު ބަދުއަހްލާގީ އަމަލް ހިންގުމަށް ފަހު ޔުމްނު، ހ. ފެންޓޯނިއާގޭ ނުވަވަނަ ބުރިން ވެއްޓުމުން ލިބުނު އަނިޔާތަކަށް ދިވެހި ރައްޔިތުންގެ އަތުން ފަންޑު ފޮށި ހަދައިގެން ހަތް ލައްކަ ރުފިޔާ ހޯދައިގެން ދިޔައީ މެލޭޝިޔާއަށެވެ. މެލޭޝިޔާގެ ހޮސްޕިޓަލެއްގައި އޮތުމަށް ފަހު އެ ހޮސްޕިޓަލުން ޔުމްނު ވަނީ ފަހުން ފިލާފައެވެ. އަދި މިހާރުވެސް ފުލުހުންނަށް ބަޔާން ދޭން އިންކާރުކޮށް އުޅެނީ ފިލައިގެންނެވެ.


ކޮމެންޓް