އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައިނުވާކަމަށް އީރާންގެ ތެހެރާން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޕްރޮފެސަރ ފުއާދު އިޒާދީ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވިގޮތުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި އީރާނުން އަދި އެ ޤައުމުގެ ހުރިހާ އަސްކަރީ ޤާބިލިއްޔަތެއް ބޭނުންކޮށްފައެއް ނުވެއެވެ.
"މި މެސެޖަކީ އިޒްރޭލުން ހަނގުރާމަ ހުއްޓާލުމަށް އީރާނުން އުންމީދުކުރާކަމުގެ މެސެޖެއް، އަދި މިއީ އިޒްރޭލުން ހަމަލާތައް ނުހުއްޓައިފިނަމަ، އީރާނުން އަޅަމުންދާ ފިޔަވަޅުތައް މަޑުމަޑުން ހަރުކަށިކުރަމުން ހަމަލާތައް ވަރުގަދަކުރަމުން ގެންދާނެކަމުގެ މެސެޖެއް” އޭނާ ވިދާޅުވެފަވެއެވެ.
"އީރާން އަސްކަރިއްޔާއިން އަދި އެންމެ ޒަމާނީ ބައެއް ހަތިޔާރުތައް ބޭނުންކޮށްފައެއް ނުވޭ، އަދި އިޒްރޭލާ ކުރިމަތިލުމުގެ އެހެން ވަސީލަތްތައްވެސް ބޭނުންކޮށްފައެއް ނުވޭ،" އިޒާދީ ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ފިއްތުންތަކުގެ ދަށުން އިޒްރޭލުން އޭގެ ހަމަލާތައް ހުއްޓާލާނެކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ އިތުރުކުރެއްވިއެވެ.
"އެހެން ނުވެއްޖެނަމަ، މިސައިލްތައް ބޮޑުވަމުންދާނެ ސައިޒުގެ ގޮތުން އަދި އަދަދުގެ ގޮތުން ގިނަވަމުންދާނެ އަނެއް ފަރާތުން (އިސްރާއީލުން) ހުއްޓެންދެން،" އިޒާދީ ވިދާޅުވިއެވެ.
އީރާނުގެ ލީޑަރޝިޕްގެ ހިސާބުކުރުމަކީ "އީރާނަށް ހަމަލާދިނުމުގެ އަގެއް ނެތްނަމަ، ޓެހުރާން ވާނީ ޣައްޒާއެކޭ އެއްފަދައިން" ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާއަށްފަހު ހަނގުރާމަ އަށް ހަތަރު ވަނަ ދުވަސް ގުނިގެންދާއިރު ކުރީ ރޭތަކަށްވުރެ އީރާން ހަމަލާތައް މިރޭ ވަރުގަދަވާނެކަމަށް އީރާންގެ އަސްކަރިއްޔާއިން ވަނީ ވުނެފައެވެ.
އީރާނުން އަދި ބޭނުން ކުރަމުންދަނީ އަސްކަރީ ބާރުވެރިކަމުގެ އިންސައްތައެއް: މާހިރުން

ގުޅޭ ލިޔުންތައް
ކޮމެންޓް